logo

ކޮޕް ސަމިޓަށް ރައީސް މާދަމާ ތުރުކީއަށް ވަޑައިގަންނަވަނީ

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ތުރުކީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެެވެ.

ކޮޕް31 މިއަހަރު ކުރިޔަށްދަނީ، މިއަދުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށް ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައެވެ. ރައީސް ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 11 އިން 12 އަށް އޮންނަ ވޯލްޑް ލީޑަރސް ސަމިޓުގައެވެ.

ރައީސް ވިދާޅުވީ، މި ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ވަރަށް އިސްދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި އެންމެ އިސްކަން ދެއްވަނީ ހާރިޖީ ސިޔާސަތާއި އެއްގޮތަށް ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މޯލްޑިވްސް ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ކަމަށެވެ.
އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެގޮތުން 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތާއިި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ދެއްވާ އިސްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުން ފަދަ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.


ad