logo

ގައުމުގެ ވެރިންނަކީ މުސީބާތެއް: އަލީ ރަމީޒް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ވެރިކަމަށް އަންނަ ކޮންމެ މީހަކު ހިތައްއަރަނީ ވެރިކަމަކީ އޭނާގެ ބައްޕަގެ ތަރިކަ މުދަލެއް ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދީން ފެތުރުމުގައި އިސް ރޯލެއް އަދާކުރަމުން އަންނަ އަލީ ރަމިޒް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކާ ހެދި މި ގައުމަށް ބޮޑު މުސީބާތެއް ޖެހިފައިވާ ކަމަށެވެ. މި ގައުމަށް ޖެހިފައި އޮތް އެންމެ ބޮޑު މުސީބާތަކީ ވެރިކަމަށް އަންނަ ކޮންމެ މީހަކަށް މި ގައުމަކީ އޭނަގެ ބައްޕަގެ ތަރިކަ މުދާގަނޑެއްގެ ގޮތުގައި ގަބޫލު ކުރެވުން ކަމަށެވެ.

އަލީ ރަމިޒް ގައުމުގެ ވެރިންނަށް މިފަދަ ބަސްފުޅެއް އަމާޒު ކޮށްފައިވާއިރު، މި ސަރުކާރުން ރަސްމާލެ ޔޫއޭއީގެ ކުންފުންޏަކަށް ދީގެން ތަރައްގީ ކުރަން އުޅޭތީވެސް އަލީ އެކަމާއި ދެކޮޅެވެ.

އެގޮތުން ރަސްމާލެ މަޝްރުއު ތަރައްގީކުރުމަށް ޔޫއޭއީގެ ކުންފުންޏަކަށް ދޭން ނިންމި ނިންމުމާއި ގުޅޭގޮތުން ވެސް އަލީ ވަނީ ކަނަބޮޑުވުން ފާޅު ކޮށްފައެވެ.

ad