logo

ހުޅުމާލެ ފޭސް 1ރުއްގަނޑު ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 3 ވަނަ ދުވަހުގެ ރޭ 20:42 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

​މިހާތަނަށް ބެލިބެލުމުން، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި، އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރި ކާރުގައި ޖެހިގެންނެވެ.

​މި އެކްސިޑެންޓްގައި ސައިކުލަ ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ކުދި އަނިޔާތަކެއް ލިބިފައިވެއެވެ.

​މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ

ad