logo

ސާހިލްގެ ޖަލު ހުކުމް ހައި ކޯޓުގައި އަނެއްކާ ވެސް އިސްތިއުނާފުކޮށްފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ޝިއާއު މުޙައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ އަނެއްކާ ވެސް އިސްތިއުނާފްކޮށްފިއެވެ.

ހައިކޯޓުގައި ޝާހިލްގެ ޖަލު ހުކުމް އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުންވެސް އޮތީ އެ މައްސަލައިގެ ބާވަތް ސިއްރުކޮށްފައެވެ. އެ ހުކުމް އިސްތިއުނާފުކުރުމަށް މީގެ ދެ މަސް ކުރިން ވެސް ހުށަހެޅިއެވެ. ނަމަވެސް ސާހިލް ހުށަހެޅި ނަމަވެސް ލިޔުންތަކުގެ މައްސަލައިގައި އޭރު މައްސަލަ ބަލައިނުގަނެވެ. އެހެންވެ އަނެއްކާ ވެސް އިސްތިއުނާފަށް ވަނީ ހުށަހަޅައިފައެވެ.

ކްރިމިނަލް ކޯޓުން ބުނީއެ ދައުވާތަކުގެ ތެރެއިން އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ކަމަށެވެ. ޝާހިލްގެ މައްޗަށް އިއްވާފައި ވަނީ ތިން އަހަރާއި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ސާހިލްގެ މައްޗަށް ކުރީ ބާކީ ތިން ދައުވާގައި މިހާރު އޮތީ ހުލާސާ ބަޔާން ބަޔާން އިއްވުމެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ހ. ޝީރީންވިލާ ގޭގެ ތެރޭގައި، 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ 2022 ވަނަ އަހަރުގެ އޮގަސްޓް 6 ގައެވެ. އެގޮތުން ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން 2022 ވަނަ އަހަރު އޮގަސްޓު 17 ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ad