މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކަނޑައަޅައިފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބުރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަކަށް ހާޒިރުވެތިބި މެންބަރުންގެ ތެރެއިން، މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރުންނެވެ.
އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ގޮތުގައި އެއްވަރަކަށް ދުވަސްވެފައިވާ ގިނަ މެންބަރުންތަކެއް ތިއްބެވި ނަމަ، އޭގެ ތެރެއިން އުމުރުން ދޮށީ މެންބަރަކު ރިޔާސަތު ބަލަހައްޓަވާނެ ކަމަށް ގަވައިދު ބުނެއެވެ.
މިހާރު މަޖިލީހުގައި ތިއްބެވި އެންމެ ގިނަ މެމްބަރުންނަކީ :
- އަހުމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ
- ގާސިމް އިބްރާހީމް - މާމިގިލި ދާއިރާ
- އަބްދުލްގަފޫރު މޫސާ - ހަނިމާދޫ ދާއިރާ
- އަހުމަދު ތާރިގު - މަހިބަދޫ ދާއިރާ
- މުހައްމަދު ނާޒިމް - މާފަންނު އުތުރު ދާއިރާ

.jpg&w=256&q=75)
