ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ނިމިއްޖެއެެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމުގެ މަސައްކަތެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ޖުމްލަ 2.86 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، އޭގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެ ވެ.

.jpg&w=256&q=75)
