logo

ފަލަސްޠީނުގެ ރައީސާ ގުޅުވާ އިމްރާން ރޭ ދެއްކެވި އިޙްތިރާމް ކުޑަ ވާހަކައަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

"ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެއްވުމުގަ މަހްމޫދު އައްބާސްއަކީ އަމިއްލައަށް ކަންކަމުގައި ބާރު ނުފޯރުވޭ، އެހެން ލީޑަރުންގެ ދަށުވެފައި ހުންނަވާ ވެރިއެއްކަމަށް ދޭހަވާ ގޮތަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަށް ގިނަބަޔަކު ފާޑު ކިޔައިފިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ ކުންފުނި، އީގަލް ހިލްސްއިން ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ މަޝްރޫއުއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިމްރާންގެ ވާހަކައިގައި ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަކީ އަމިއްލައަށް ކަންކަމުގައި ބާރު ނުފޯރުވޭ، އެހެން ލީޑަރުންގެ ދަށުވެފައި ހުންނަވާ ވެރިއެއް ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފައެވެ.

އެގޮތުން މުއިއްޒު، މަހްމޫދު އައްބާސްއަކަށް ހަދާފައި، އަލްއައްބާރު ކައިރީގައި ކުޑަކަކޫ ޖައްސުވާ ބަހައްޓާފައި ދެން އެ ކުރާ ކަމެއް ކުރާނެ ކަމަށާއި އޭރުން މި ގައުމެއް ނޯންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރޭގެ އެއްވެވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވީއިރު، އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދަން އުޅޭ މި މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަސްމާލޭގައި އިސްރާއީލު ރައްޔިތުން ވަޒަންވެރި ކުރުވަފާނެ ކަމުގެ ކަންބޮޑުވުމެވެ.

ad