ޕޮލިސް ލޯންޗަކުން ގެއްލިގެން ހޯދަމުންދިޔަ ފުލުސް މިހާ ފެނުނީ މަރުވެފައި އޮއްވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީ ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފަ ކަމަށެވެ. އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފަ ކަމަށާއި، އަދި އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށާއި،މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

.jpg&w=256&q=75)
