logo

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާއި ގުޅޭ މައްސަލައާއި ގުޅިގެން  ވޯޓު އަލުން ގުނައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން އެމަޤާމުގެ ވޯޓު އަލުން ގުނައިފިއެވެ.

ދ. މީދޫގައި ބެއްހެއްޓި 2 ނަންބަރު ވޯޓު ފޮށި ގުނީ މިއަދުއެވެ. މި ފޮށި ގުނާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި އަލުން ގުނުމަށް ނިންމާފައިވަނީ އެ ވޯޓު ކަރުދާހުގައިވާ ވޯޓު އުނިކުުރުމުން ކައުންސިލް ރައީސްގެ ވޯޓު 2 ކެންޑިޑޭޓުންގެމެދުގައިވަނީ އެއްވަރުވެފައިވާތީއެވެ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް 3 ފަރާތަކުންވަނީ ވާދަކޮށްފައެވެ. ޕީއެންސީއިން ސުހާ އިބްރާހީމާއި، އެމްޑީއޭއިން މުޙައްމަދު ޝާހިދާއި، އަމިއްލަ ގޮތުން އިބްރާހީމް ނަސީމެވެ. ވަގުތީ ނަޖީތާ ދައްކާގޮތުން ދ.މީދޫގެ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 391 ވޯޓެވެ. އެމްޑީއޭގެ ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 100 ވޯޓެވެ.

މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ޢިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.

ad