logo

މިޔަރެއްގެ ހަމަލާގައި ފަތުރުވެރިއެެއްގެ ފައިބުރިކޮށްލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ގއ. އަތޮޅު ކޫއްޑޫ ކައިރީގައި ފީނަން އުޅުނު ޓޫރިސްޓެއްގެ ފައިގައި މިޔަރެއް ދަތްއަޅައި ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

ފުލުހުން ބުނީ ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށް ކަމަށާއި، އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލާފަ ކަމަށެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބި ފައި ބުރި ކުރި ފަތުރުވެރިޔާ އާއި އޭނާގެ އަނބިމީހާ ރާއްޖެ އައީ އަލަތު ކައިވެންޏަށް ފަހު،ހަނީމޫނަށެވެ.

ad