logo

ނިމާލް ނިޔާވުމުގެ ހިތާމައިގައި އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

މަޝްހޫރު އަދި ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަޙްމަދު ނިމާލް މިއަދު ނިޔާވެއްޖެއެވެ.

ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިމާލް ނިޔާވީ މިއަދުގެ ހެނދުނު 6:50 ހާއިރު އެވެ. އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ އައިޖީއެމްއެޗު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށާއި، . މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ނިމާލް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ފަރާތެއްވެސް މެއެވެ.

ad