ކުރިއަށް އޮތް އަޟްޙާ ޢީދުބަންދާ ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ "ވައި.ޑީ ވިލި އީދު ފޯރި 1447" ގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓް ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވުމަށް ދިވެހި ޗެނަލުން ޔޫތު ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް (ވައި.ޑީ.އެސް.ސީ) އާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވައި.ޑީ.އެސް.ސީ އިން އިންތިޒާމުކުރާ ފަސް ދުވަހުގެ މި އަޟްޙާ އީދު ހަރަކާތްތައް ވިލިމާލޭގައި ކުރިއަށްދާނީ 26 މެއި 2026 އިން 30 މެއި 2026 އަށެވެ. މި ހަރަކާތުގައި އާއިލާތަކާއި އާންމު ރައްޔިތުން ބައިވެރިކުރުވުމަށް އަމާޒުކޮށްގެން ސަގާފީ، މުނިފޫހިފިލުވުމުގެ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިމެނޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން، މި ހަރަކާތުގެ ޕްރޮމޯޝަނަލް ކޮންޓެންޓާއި، ޓީވީ ބްރޯޑްކާސްޓްތަކާއި، ސޯޝަލް މީޑިއާ ކަވަރޭޖްގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ޗެނަލުން ފުޅާދާއިރާއެއްގައި މީޑިއާ ކަވަރޭޖް ފޯރުކޮށްދޭނެއެވެ.
ވައި.ޑީ.އެސް.ސީ އިން ހާމަކުރި ގޮތުގައި ދިވެހި ޗެނަލާއެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން މި ހަރަކާތް އިތުރަށް އިޝްތިހާރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް "ވައި.ޑީ ވިލި އީދު ފޯރި 1447" ގެ ފޯރިއާއި އުފާވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ދިވެހި ޗެނަލުގައި ބޭއްވި ލައިވް އިވެންޓުގައި ވައި.ޑީ.އެސް.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ޙަސަން އިބްރާހީމެވެ. އަދި ދިވެހި ޗެނަލުގެ ފަރާތުން ސޮއިކުރެއްވީ ޗެނަލުގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ސުއާދެވެ.
"ވައި.ޑީ ވިލި އީދު ފޯރި 1447" ގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓް ޕާޓްނަރަކަށް ދިވެހި ޗެނަލް
.jpg&w=256&q=75)
އާޝިޔާ ޞާލިޙް
6 ގަޑިއިރު ކުރިން

