logo

ފަރުމަސް އާލާކުރުމަށް ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

އާމިނަތު މޫސާ
އަހަރެއް ކުރިން

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ކުރި އިއުލާނުގައި ބުނީ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓްގެ ދެވަނަ ތަމްރީނު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޯބަރު އިން 12 ނޮވެންބަރުގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ. 14 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު 15 ފަރާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ނަންބަރު 3322242 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށް އެވުޒާއިން ވަނީ ބުނެފައެވެ.

ad