ޕިއެންސީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެކި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި ކޮމިޓީ މެންބަރުން ހޮވުމަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި މަގާމުތަކަށް ވާދަކުރެވޭނީ ޖޫންގެ 15 މިއަދުގެ ނިޔަލަށް ކޮންގްރަސް ޕާޓީގެ ދަތްފަރުގައި ތިއްބެވި މެންބަރުންނަށް ކަމަށާއި، މި އިންތިހާބު އޮންނާނީ 11 ޖުލައި 2026 ވާ ދުވަހު ކަމަށެވެ. އަދި އެ ދުވަހު އިންތިހާބުގައި ވޯޓް ލެވޭނީ ވެސް މިއަދުގެ ނިޔަލަށް ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ތިއްބެވި މެންބަރުންނަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ
މީގެ އިތުރުން ފާހަގަ ކުރެއްވީ ދާއިރާގެ ރައީސުން އިންތިހާބުކުރާނީ ޕީއެންސީ ތަމްސީލްކުރާ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށް ކަމަށާއި، މަޖިލީހުގެ މެންބަރު ތިއްބެވި ދާއިރާތަކުގެ ރައީސުންނަނީ އެ މެންބަރުންކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، ސްޓިއަރިން ކޮމިޓީގެ ރައީސުން، ވެސް މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު،އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އަދި މިކަމަށް ހާއްސަ ޕޯޓަލެއްވެސް އިފްތިތާހުކުރަން ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

.jpg&w=256&q=75)