logo

އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމް ހއ.ކެލާގައި ކުރިއަށް ގެންގޮސްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
16 ގަޑިއިރު ކުރިން

"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް، ހއ ކެލާގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 17 އިން 21 އަށް ހއ.ކެލާގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 13 މީހަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

އެއީ 10 އަންހެން ބޭފުޅުންނާއި އަދި 03 ފިރިހެން ބޭފުޅެކެވެ.

މިތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫޟާތާޢި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވުނެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވީ މިވުޒާރާގެ ޓްރެއިނިން އެންޑް އެކްޓެންޝަން ސެކްޝަންގެ މުއައްޒަފުންނެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާމްދަނީ އިތުރުކުރުމާއި ދާއިރާގައި ފަންނީ މީހުން ބިނާކުރުމަސް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި މިހާތަނަށް 91 މީހަކު ތަމްރީނުވެފައިވެއެވެ.

ad