ބެލަރޫސް ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފިއެވެ.
ބެލަރޫސް ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިސް އެކްސެލެންސީ މަކްސިމް ރައިޒެންކޯވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ވަނީ ފޮނުއްވާފަ އެވެ.
ވަޒީރުގެ މެސެޖުގަ ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަމިއްލަ ނަމުގައި ބެލަރޫސް ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނަށާއި ބެލަރޫސް ގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ދެންނެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
އަދި ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކޮށްފަވެއެވެ.

.jpg&w=256&q=75)
