logo

ރާއްޖޭގެ ޑިޖިޓަލް ފައިނޭންސް ދާއިރާއިން "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑު ފަހިޕޭ އަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ރާއްޖޭގެ ޑިޖިޓަލް ފައިނޭންސް ދާއިރާއިން "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑު ފަހިޕޭ އަށް ލިބިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ދީފައިވާއިރު، މި އެވޯޑުތައް ދީފައިވަނީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކާއި މާލީ އިދާރާތަކަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސްގައި، ފަހިޕޭ ހިމެނުނުއިއރު މިއީ ފަހިޕޭ އަށް މި ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކުން ކޮށްފައިވާ ނަމޫނާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އަލަށް އެރުވި ޝަރަފްވެރި އެވޯޑްތަކެކެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސް ޖުމްލަ ހަތް ދާއިރާއަކުން ދީފައިވެ އެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުން، މާލީ ހޭލުންތެރިކަމާއި ކަސްޓަމަރުން ބާރުވެރިކުރުވުން، ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އައު މާލީ އީޖާދުތައް، އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑު ވެސް ހިމެނެ އެވެ.

އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  1. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް: ރާއްޖޭގެ ޒަމާނީ މާލީ ނިޒާމުގެ ބިންގާ އެޅުމާއި 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އަދާކުރެއްވި އިސް ދައުރަށް "ޑިސްޓިންގިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓާ" އެވޯޑު ލިބިވަޑައިގަތެވެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް): ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މާލީ ހިދުމަތްތައް ފުޅާކުރުމަށް ދިން "އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް" އެވޯޑު ލިބުނެވެ.

ފަހީ ޕޭ (FahiPay): ރާއްޖޭގެ ޑިޖިޓަލް ފައިނޭންސް ދާއިރާއިން "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑު ހޯދިއެވެ

އެމްއެމްއޭގެ ކުރީގެ ގަވަރުނަރުން: ކުރީގެ ގަވަރުނަރުންނާއި ނައިބު ގަވަރުނަރުންނަށް ޚާއްސަ "ޑިސްޓިންގިޝްޑް ކޮންޓްރިބިއުޝަން ޓު ދަ އެމްއެމްއޭ" އެވޯޑު ދެވުނެވެ.

އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަދި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި 10 ބޭފުޅުންނަށް ވެސް އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އާއި އަބްދުﷲ ޖިހާދާއި ޑރ ފަޒީލް ނަޖީބާއި ޑރ އަޒީމާ އާދަމާއި އަހުމަދު ނަސީރާއި އަލީ ހާޝިމް ހިމެނެ އެވެ.

ad