ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވެހިކަލްތައް އިންތިހާއަށް ގިނަވެ ޓްރެފިކްގެ މައްސަލައަކީ މިއަދު އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އާ ވިސްނުންތަކަކާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މުޅި މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ތިބެގެން، މާލޭގެ ވަކިވަކި މަގުތައް ބަލައި ޓްރެފިކް ރީޑައިރެކްޓް ކުރަން އެއްވެސް ކަހަަލަ ޒަމާނީ ވަސީލަތެއް ބޭނުންކުރެވޭތޯ ބެލުމަކީ ވެސް އެ ސެންޓަރުން ކުރާނެ މަސައްކަތްތަކެވެ.
އާ ގާނޫނުގެ ދަށުން ކުރާނެ އަނެއް މަަސައްކަތަކީ ޓްރެފިކާ ގުޅޭ ކަންތައްތައް ވީހާ ވެސް ބޮޑަށް ޑިޖިޓަލް ކުރުން ކަމަށާއި އެކަމަށް އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަމާޒަކީ އެ ސެންޓަރު ވީހާ ވެސް އަވަހަކަށް ގާއިމްކުރުން ކަމަށާއި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ. މާލޭގެ ވަކިވަކި މަގުތައް ބަލައިލުމާއި ޒަމާނީ ވަސީލަތެއް ބޭނުންކޮށް ޓްރެފިކް ރީޑައިރެކްޓް ކުރުން ފަދަ އިންތިޒާމްތައް އެ ސެންޓަރުގައި ގާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

.jpg&w=256&q=75)
