logo

މީދު އަށް ޑްރަގް ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

މަރްޔަމް
2 ގަޑިއިރު ކުރިން

އައްޑޫ މީދު އަށް މީދު އަށް މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މާލެއިން އެ ރަށަށް ދިޔަ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 ހައި ހައްޔަރުކޮށްފައި ވަނީ މީދޫ، އިރާކް، ޢަބްދުﷲ ޝައުނު، 19، އެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގައި އޭނަ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ad