logo

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަހުމަދު ޝަފްނީޒް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ޓަކައި މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ.

ރާއިސުލްޖުމްހުރިއްޔާ ފޮނުއްވި ނަންތައް:

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ގާނޫނީ ގޮތުން ޝަރުތު ހަމަވީ ޝަފްނީޒާއި މައުސޫމެވެ. ޝަފްނީޒް މިހާތަނަށް ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އިގްތިސާދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާއި އިންޓަވިއުކުރައްވާފައިވާއިރު، ދެ ބޭފުޅުންނަށް ވެސް ވަނީ 75 އަކަށް ވުރެ މަތިން މާކްސް ހޯދާފައެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

ad