logo

ރަސްމީ ދަތުރުފުޅެއްގައި ސީޕީ ތައިލެންޑަށް ފުރާވަޑައިގެންފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ސީޕީގެ ދަތުރުފުޅަކީ އެފް.ބީ.އައި އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން ޖުލައި 20 އިން 21 އަށް ތައިލެންޑްގައި ބާއްވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަރ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި މި ދަތުރުފުޅަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމް ތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީން ފުރުސަތުތައް ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު، އޭޕްރިލް 5 ވަނަ ދުވަހު އައްޔަންކުރައްވާފައިވާ އިރު، މިއީ ސީޕީ މަގާމާ ހަވާލުވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީދަތުރުފުޅެވެ.

ad