logo

ޑިޖިޓަލް ދުނިޔެއަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ގދ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

ގދ. އަތޮޅު ރައްޔިތުން ޑިޖިޓަލް ދުނިޔެއަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކިކަހަލަ ކުށްތަކުން ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށާއި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުުމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މި މަހު 18 އިން 26 އަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި ގދ. އަތޮޅު ފުލުހުން ގުޅިގެން ނެވެ. ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ކުރިއަަށް ގެންދިޔަ މި ސެޝަންތަކުގައި 377 މީހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި، އޮންލައިން ފުރައްސާރައާއި ބިރުދެެއްކުން ހުއްޓުވުން، ވަރުގަދަ ޕާސްވޯޑު ހެދުމާއި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުން، ޝައްކުކުރެވޭ ލިންކުތަކަށް ނުވަނުމަށާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުން، އާންމުކޮށް ބޭނުންކުރާސޯޝަލް މީޑިއާ މަންސަތަކުގައިޕްރައިވެސީ އަދި ސެކިއުރިޓީ ސެޓިންގްސް ބެލެހެއްޓުމާއި އިންޓަނެޓްގެ ކުރީގެ ދުނިޔެއާއި މިހާރުގެ ދުނިޔޭގައި ފެންމަތިވާ ކުށްތަކުގެ ތަފާތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، އަމިއްލަ މައުލޫމާތާއި ޑޭޓާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމާއި، ގޭގައި އުޅޭ ކުޑަކުދިންނާއި އިސްރަށްވެހިން އަދި ތަފާތު އުމުރުފުރާގެ ފަރާތްތައް ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުމަށްޓަކައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމާ ބެހޭ މައުލޫމާތު ދީފައިވެއެވެ.

މިފަދަ ސެޝަންތަކުގެ ސަބަބުން ޑިޖިޓަލް ދުނިޔޭގައި އަމިއްލަ ނަފުސާއި ތިމާގެ ގާތްމީހުން ސައިބަރ ކުށްވެރިންގެ ކިބައިން ސަލާމަތްވާނެ ގޮތްތައް ހޯދައި ހޭލުންތެރިވުމަށް އެހީވެދޭނެއެވެ.

ad