logo

ކެރީގެ އަސަރުކުރާނީ ކުރި އަށް އޮތް 3 ދުވަހު، އުތުރުގެ ކަނޑުތައް ގަދަވާނެ: މެޓް

އާމިނަތު މޫސާ
14 ގަޑިއިރު ކުރިން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 3 ދުވަހު ކެރީގެ އަސަރު އެކި ސަރަހައްދުތަކަށް ފުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓު އޮފީހުން "ދިވެހި ޗެނަލް" އަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކުރި އަށް އޮތް 3 ދުވަހު ވެސް މުޅިރާއްޖެ އަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކެރީގެ އަސަރު ކުރި ނަމަވެސް ކަނޑުތައް އާދާގެ ވަރަކަށް މަޑުވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން ދެކުނު ކަނޑުތައް މަޑުވެފައި އުތުރާއި މެދުރާއްޖެގެ ކަނޑުތައް އާދާގެ ވަރަކަށް މަޑުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވައި ވެސް މިހާރު މަޑުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން މިހާރު ވައިޖެހެމުން ދާނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ރާޅުގެ އުސްމިން ހުރީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.

މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ad