logo

އަސާސީ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ހަމަކުރުމަށް ހަ މަހުގެ މުއްދަތެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަށްޓަކާއި، މިއަދުން ފެށިގެން ހަސް މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްެެއެފްޑީއޭއިން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނި ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ އެ އޮޓޯރިޓީގެ ގާނޫނީ ޒިންމާއް ކަމަށެާއި، އެހެންކަމުން ފާމަސީ ތަކުގައި ބެހެއްޓުމަށް ލާޒިމް ކުރާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށް އަދާ ހަމަކޮށްފައިވާ ކަމަށެވެ.

އެ ލިސްޓް ގިންތި ކުރެވިފައިވަނީ 2 ގްރޭޑަކަށް ކަމަށްވާއިރު، ހުރިހާ ފާމަސީއެއް ގައިވެސް އެގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން %80 ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެ ބަދަލާއި އެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް 06 މަސް ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށެވެ. އަދި އަލަށް ހުޅުވާ ފާމަސީ، ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަ ކުރުމުން ކަމަށެވެ.

ad