logo

އެހީގެ ކަންކަމުގައި އެދި މިދިޔަ ޖުލައި މަހު 2،400 އަށްވުރެ ގިނަ ކޯލް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ޖުލައި މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1960 ކޯލު ވަނީ ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހަމަ ކޮށްފިއެވެ.

މިގޮތުން 68 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކާއި، އަދި، 1,524 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް 368 ކޯލު ވަނީ ލިބިފަ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ، އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 503 ކޯލު ވަނީ ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމުގެ ތިން މައްސަލަ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އަޅައިލުމާއި އެހީތެރިވުމުގެ ދެ މައްސަލަ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ad