މޫސުމީ ކަންކަމާއި ތިމާވެށީގެ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
އެގޮތުން، މޫސުމީ ޢިލްމު ކުރިއެރުވުމާއި، ވައިގެ ފެންވަރު ދެނެގަނެ ބެލެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ސެޓެލައިޓް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

.jpg&w=256&q=75)
