ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ދެކުނަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ.
ސަމާލު ނެރެފައިވަނީ ހަވީރު 17:45 އިން ފެށިގެން މިރޭ 23:45 އަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.
މޫސުން ގޯސް މިދުވަސްވަރު، ކަނޑު ދަތުރު ކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.


