އެމްއެމްއޭ އިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ އާ އޮފީސް އިމާރާތް ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އަޅައިދޭނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފިއެވެ.
ލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ހެޑްކުއާޓާޒް އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޑިޒައިންކޮށް، އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލާފައިވާއިރު އެމްއެމްއޭއިން ގެޒެޓްގައި ބުނީ ޖުމްލަ 8,064 އަކަމީޓަރުއެވެ.
މި އިމާރާތް ހުޅުވާލަނީ ހުޅުމާލޭގައި ކަމަށާއި، މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްކަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއަައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުން ބުނީ މި ޕްރޮޖެކްޓަކީ ބޭންކުތަކުން ފައިސާ އުފުލައި ބެލެހެއްޓުމުގައި ބޭނުންވާ ސެކިއުރިޓީ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސުމަށް ބޮޑު ޖާގައެއް ބޭނުންވާތީ ހުޅުވާ މަރުކަޒެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ 85-90 ޕަސެންޓް ފައިނޭންސް ހަމަޖައްސަން ޖެހޭނީ ކޮންޓްރެކްޓަރ ކަމަށާއި، އަދި ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ ހަމަޖައްސައި ދޭނީ އެމްއެންއޭއިން ކަމަށްވެސް ބުނެފައި ވެއެވެ.


