logo

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރުން ލާޒިމުކޮށްފި

މަޒީ
10 ގަޑިއިރު ކުރިން

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.

ޖޭއެސްސީން ނެރުނު ސާކިއުލާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖެހޭނެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު މަގާމުގެ ނަމާއެކު އަލްއުސްތާޒު ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ބޭނުން ކުރަންޖެހޭނެކަމަށް އެ ސާކިއުލާގައިވެއެވެ.

ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދައްކާއިރު ވެސް އެ ލަގަބުތައް ބޭނުން ކުރަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

ޖޭއެސްސީން މީގެ ކުރިން ނެރެފައިވާ ސާކިއުލާގައި ވާގޮތުން މީގެ ކުރިން ފަނޑިޔާރުންނަށް ބޭނުންކުރަންޖެހެނީ މަގާމުގެ ނަމެވެ.

ad