އައިޖީއެމްއެޗް ކުރިމަތީ ހަދަމުން ދިޔަ އިމާރާތެއްގެ ބިތްގަނޑު ވެއްޓި، ބައެއް މީހުންނަށް އަނިޔާވެ، ބައެއް އުޅަނދުފަހަރަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހައިފައިވާ ބިއްގަނޑު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:06 ހާއިރު ލިބުނު ކަމަށެވެ.
އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުފަހަރަށް ގެއްލުންވެ ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބިފައި ވަނީ ކިތައް މީހުނަށް ކަމެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

.jpg&w=3840&q=75)