logo

ޕާޓީގައި ދެމިހުރުމަކީ ޚިޔާނާތެއް ކަމަށް ބުނެ އަދާލަތު ޕާޓީގެ ކުރީގެ ސްޕޯކްސް ޕަރސަން ނަޒީރު އެ ޕާޓީން ވަކިވެއްޖެ

ދިޔާމާ އިބްރާހިމް
8 ގަޑިއިރު ކުރިން

އަދާލަތު ޕާޓީގެ ކުރީގެ އިސް ތަރުޖަމާނު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.

މިކަން ހާމަކުރައްވައި ނަޒީރު 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވަގުތު އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ނަޒީރު ވަނީ އަދާލަތު ޕާޓީން ވަކިވުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުމުން އެފަރާތުން ދެއްވި ޖަވާބު ވެސް އެކްގައި ހިއްސާ ކުރައްވާފައެވެ.

View post on Twitter

ނަޒީރު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، ޕީއެންސީގެ ސަރުކާރާ ގުޅި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްގޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައި ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 16ވަނަ ދުވަހުއެވެ.

ad