logo

އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އަގު ވެސް މައްޗަށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޚައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެއްޗަށް ބަލާއިރު އެކަން އޮތީ ހަނގުރާމައިގެ ކުރިން ވެސް އޮތް ހާލަތުގައި ކަމަށެވެ. ރާއްޖޭގައި ހަނޑޫ ހަކުރު ފުށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ކުރިން ވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި ސްޓޮކް މެއިންޓެއިން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެކަމުގައި އެއްވެސް ކަންބޮޑުވިމެއް ނެތް ކަމަށާއި އަގުވެސް މައްޗަށް ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ވަރަށް ގާތުން ހުރިހާ ކަމަކަށް އެޑްރެސް ކުރަމުންދާ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ގެންދާނީ އަޅަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަނގުރާމައާިއ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ވަރަށް ގާތުން ހުރިހާ ކަމަކަށް އެޑްރެސް ކުރަމުންދާ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ގެންދާނީ އަޅަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވް 18 މާޗާއި ހަމައަށް ދިޔައިރުގައި ހުރީ މީގެ ކުރިން ވެސް ނުދާ މިންވަރަށް މައްޗަށް ގެންދެވިފައި ކަމަށެވެ. 1.2 ބިލިއަން ޑޮލަަރަށްވުރެ މަތީގައި މެއިންޓެއިން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޔޫސަބަލް ރިޒާވް ވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި މެއިންޓެއިން ކުރެވެމުންދާ ކަމަށެވެ. ސްކޫކް ޕޭމަންޓް ވެސް ދެއްކުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ad