logo

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށް ހެލްތުޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިއްސަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިން ރައްކާތެރި ވުމަށެވެ.

އެހެންކަމުން ބަލީގެ އަލާމާތްތަކަށް ސަމާލުވެ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި އަދި ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ސިއްހީ މާހިރުންދަނީ ހިމަބަހީގެ ކޭސްތައް ފެނުމާއި ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނުގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި، ކޮންޓެކްޓުންނަށް ވެކްސިން ދެމުން ކަމަށް ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ ފަސް ކޭހެއް ރިޕޯޓް ކުރެވިފައިވާއިރު، މީގެ ތެރެއިން ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި، 2 މީހުން ހިމެނެއެވެ. މިހާރު ވަނީ ބަލި ޖެހުނު މީހުންގެ އަދަދު 7 ކަށް އަރާފައެވެ. މި ދުވަސްކޮޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގަޔާއި، އަދި އަވައްޓެރި ގައުމުތަކުގަ ވެސް ބަލި ފެތުރެމުންދާ މި ވަރު އިތުރު ދުވަސްވަރެކެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނިންމާފައެވެ. ނަމަވެސް މި ބަލި ދޭތެރެ ދޭތެރެއިން ފެނެއެވެ.

ad