logo

މިރާއްޖެ އަށް ބޭނުންވަނީ ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީ އެއް ނޫން، މަސްވެރިކަމުގެ ސިނާއަތް ވެސް ފުޅާކުރަންޖެހޭ: ނައިބުރައީސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މިރާއްޖެ އަށް ބޭނުންވަނީ ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީ އެއް ނޫން ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ވެސް ފުޅާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ފިޔޯރީގައި ޤާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމަށް އެރަށުގައި ކުރިއަށް ގެންދިޔަ ޖަލްސާ ޝަރަފްވެރި ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

އެގޮތުން ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށްޓަކާއި ހަމައެކަނި ވިސްނަންވީ ފަތުރުވެރި ކަމުގެދާއިރާ އަށް ނޫންކަމަށާއި، މިއަދު ރައީސް ގެ ވިސްނުންފުޅު ހުންނެވީ އެހެން ދާއިރާތަކަށްވެސް އިންވެސްޓްކޮށްގެން އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ފިޔޯރީ އަކި ހުވަދު އަތޮޅުގައި މަސްވެރި ސިނާއަތް ކުރިއެރުވުމަށް އެންމެރަނގަޅު އެއްރަށް ކަމަށާއި، ކޫއްޑޫ އަށް މުޅި ހުވަދު އަތޮޅު ބަރޯސާވެފައިވާ މިންވަރުން އެ ސިނާއަތަށް ލުއިގޮތެއް ހޯދުމަށް ފިޔޯރީ އެންމެ ރަނގަޅު ސަރަހައްދުކަމަށް ކަނޑައެޅުމަށް ނިންމީ ވެސް ވަރަށް ބޮޑަށް ވިސްނާ އަތޮޅަށް އެންމެ ފައިދާކުރާނެ ގޮތަކަށް ކަމަށެވެ.

އަދި ފިޔޯރީގައި ޤާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަސައްކަތްނިމިގެންދާއިރު ގިނަ ވަޒީފާތައް އުފެދި އިގްތިސާދު ކުރިއަރާ ފިޔޯރީއަށާއި، އަތޮޅަށް ވަންނަ އާމްދަނީ އިތުރުކުރެވިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ad