logo

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވި ރާމިޒް އަވަހާރަވުމުގެ ހިތާމައިގަ ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވި ރާމިޒް އަވަހާރަވުމުގެ ހިތާމައިގަ ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

އަދ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް ދަންނަވާ ކަމަށެވެ.

ރާމިޒް އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.

ރާމިޒްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

ad