logo

ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 1.27 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެއްޖެ އެވެ.

މިއީ މިއަހަރުގެ ޖަނަވަރީ މަހު ރިޒާވްގައި ހުރި 1.03 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 23 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ އިތުރުން ރާއްޖެއަށް ވަގުތުން ބޭނުންކުރެވެން ހުރި ފައިސާ ނުވަތަ ޔޫސަބަލް ރިޒާވް އަށްވެސް ވަނީ ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އައިސްފައެވެ. އެގޮތުން ފެބްރުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 337 މިލިޔަން ޑޮލަރު ހުރި އިރު، މިއީ ޖަނަވަރީ މަހުގެ ނިޔަލަށް ހުރި 301.4 މިލިޔަން ޑޮލަރާ އަޅާބަލާއިރު 11.8 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެއެވެ. މި ބަދަލާއެކު ރާއްޖޭގެ ބޭންކުތަކުން ބޭރުގައި ފައިސާގެ ލިމިޓުތަކަށް މިދިޔަ އަހަރުތެރޭ ހަރުދަނާ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ރަސްމީ ރިޒާވް އާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ފެބްރުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 337 މިލިއަން ޑޮލަރުގަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 300 މިލިއަން ޑޮލަރުގަ އެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ރިޒާވް ވަރުގަދަވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާގެ އާ ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ޖެހުމަކީވެސް ރިޒާވް މަތިވުމަށް މަގުފަހިވި ކަމެކެވެ. މި ނިޒާމުގެ ތެރެއިން އެމްއެމްއޭއިން ދަނީ ބޭންކުތަކަށް ބޭރު ފައިސާ އަލުން ދޫކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވަނީ، ބޭރު ފައިސާގެ ގަވާއިދަށް ގެނެވުނު ބަދަލާއެކު މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 492 މިލިޔަން ޑޮލަރު މަރުކަޒީ ބޭންކަށް މާރުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ލިބުނު ބޮޑު ކާމިޔާބީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ad