ދެކުނުގެ އަތޮޅުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ޙަސަން (35އ) އާއި ޢާޒިމް މުފީދު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ


.jpeg&w=3840&q=75)