logo

މިނިވަން ދުވަހުގެ މުނާސަބަތުގައި ތުލުސްދޫގައި ފޯރިގަދަ ވޮލީ މުބާރާތެއް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކ. ތުލުސްދޫގައި ވަރަށް ފޯރިގަދަ ވޮލީ މުބާރާތެއް ބާއްވައިފިއެވެ.

"ނެކްސަސް އިންޑިޕެންޑެންސް ޑޭ ކަޕް 2026" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ބްލެކް އީގަލްސް ޖޫނިއަރސްއާ ވާދަކޮށް މުބާރާތުގެ ތަށި އުފުލާލީ ޓީމް ކަމަނަ އެވެ.

ޖުމްލަ ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތުގައި ބައިވެރިވެފައިވަނީ ކަމަނަ، ބްލެކް އީގަލް ސްޕައިކާސް، ފްލޯރާ އަދި ބްލެކް އީގަލް ޖޫނިއަރސް އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްގައި ކުޅުނު ބްލެކް އީގަލް ޖޫނިއަރސް ޓީމަކީ 18 އަހަރުން ދަށުގެ ކުދިން ހިމެނޭ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.

undefined

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޗެމްޕިއަން ޓީމް ކަމަނަގެ ތައުހީދާ ރަޝީދުއެވެ. އެންމެ މޮޅު ހަ ކުޅުންތެރިން ނުވަތަ ޑްރީމް ޓީމުގެ ގޮތުގައި ހޮވުނީ، ޓީމް ކަމަނަ ތައުހީދާ ރަޝީދު، ޓީމް ބްލެކް އީގަލްސް ޖޫނިއަރސް އައިޝަތު ޝިޔާ ހަޒްރަތް، ކަމަން ފާތިމަތު އަނޫޒާ، ތީމް ބްލެކް އީގަލް ޖޫނިއަރސް ފާތުމަތު ލުޔޫނާ މުޙައްމަދު ، ކަމަނަ ފާތުމަތު ނަދާ، ބްލެކް އީގަލްސް ޖޫނިއަރަސް ޝަފާނާ ރިއްފަތް އެވެ.

މުބާރާތުގެ ސެކަންޑް ރަނަރރަޕް އަކީ ޓޯމް ފްލޯރާއެވެ.

މި މުބާރާތް އިންތިޒާމްކޮށް ހިންގާފައިވަނީ ތުލުސްދޫ "ދަ ނެކްސަސް ހަބް" ގެ ފަރާތުންނެވެ.

undefined

ނެކްސަސް ހަބްގެ ފައުންޑަރ ނާސިހް މޫސާ ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ " ތުލުސްދޫގެ ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމާއި ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބި ޖެއްސުން އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިކުރުން " ކަމަށެވެ.

މުބާރާތް އިންތިޒާމްކުރި ޓީމުން ބުނި ގޮތުގައި މިއީ އަދި ފެށުމެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

ad