logo

ޓުއާރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓަރީ ކުރުމަށް މަޖުބޫރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ފޫނުބެއްދޭ މިންވަރުގެ ގެއްލުން ލިބިދާނެ ނިންމުމެއް: އެމްޑީޕީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

ރާއްޖެއަށް ޓޫރިޒަމްގެ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ޓުއާރ އޮޕަރޭޓަރުންނަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކުރަން ލާޒިމް ކުރާ ގާނޫނުގެ ސަބަބުން، އެ ޓުއާރ އޮޕަރޭޓަރުންނަށް ނިސްބަތުން ބޮޑު ރެގިއުލޭޓަރީ ބުރަތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި ޝަރުތަކީ ބައިނަލްއަގްވާމީ ޓެކްސް އުސޫލުތަކައި ހިލާފަށް ބޭރުގެ ޓުއާރ އޮޕަރޭޓަރުންނަށް ވާޖިބުތަކެއް ކުރިމަތިކުރާ ޝަރުތުތަކެެއ ކަމަށާއި، ދިވެހި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ފަތުރުވެރިކަމުގެ ސަޕްލައި ކުރިއެރުމަށް ނުރައްކާވާ ޝަރުތެކެެއް ކަމަަށެވެ. އަދި ޓޫރިސްޓުން އައުން މަދުވެދާނެ ޝަރުތުތަކެއް ކަމަށެވެ.

ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ކިތަންމެ ބޭރުގެ އޮޕަރޭޓަރުންގެ ދާއިމީ އޮފީހެއް ރާއްޖޭގައި ޤާއިމުކޮށްފައެއް ނުހުންނަ ކަމަށާއި، އެމީހުން ރާއްޖޭގެ ޗުއްޓީ ވިއްކަނީ ރާއްޖެއިން ބޭރުގައެވެ. އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ)ގެ އުސޫލުތަކާއި އަދި އެހެންވެސް ބައިނަލްއަގްވާމީ ޓެކްސް އުސޫލުތަކުގެ ދަށުން ކޮންސަމްޝަން ޓެކްސް ނެގޭނީ އެ މުދަލެއް ނުވަތަ ހިދުމަތެއް ބޭނުން ކުރާތަނެއްގައެވެ. ބޭރުގެ އޮޕަރޭޓަރުން ދެކެނީ ރާއްޖެއިން އިން ޓެކްސް ގާނޫނަށް އަމަލު ކުރަމުންދަނީ ރާއްޖޭގެ އިހްތިސާސްގެ ބާރުގެ ބޭރުން ކަމަށްވެސް އެމްޑީޕީން ބުނެފަ ވެއެވެ.

މީރާގެ ގަވާއިދުގެ ދަށުން ބޭރުގެ އޮޕަރޭޓަރުންނަށް ޓެކްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް މަޖުބޫރުވެއެވެ. މަހުން މަހަށް ރިޓާން ހުށަހަޅަން ޖެހި، ލޯކަލް ރެޕްރެޒެންޓޭޓިވްސް އައްޔަން ކުރަން ޖެހެ އެވެ. މި ވާޖިބަކީ ބެލެނިވެރި ޖީއެސްޓީ ގާނޫނުގެ ދާއިރާއަށް ވުރެ ބޮޑު ވާޖިބެކެވެ. ލޯކަލް ޕްރެޒެންސް ނެތް ފަރާތްތަކަށް ނިސްބަތުން ބޮޑު ކޮމްޕްލައިންސް ބުރަތަކެއް ކުރިމަތި ކޮށްފައިވާ ވާޖިބެކެވެ.

ބޭރުގެ އޮޕަރޭޓަރުން ރާއްޖޭގައި ރަޖިސްޓްރީ ކުރަންޖެހުމަކީ، ލޯކަލް އެސްޓޭބްލިޝްމަންޓެއް ނެތި ބޯޑަރު ހުރަސްކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް (ޖޭއޭޓީއެސް) ގެ އުސޫލުތަކާ ހިލާފު ކަމެކެވެ. މި ޝަރުތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އުސޫލުތަކާ އެއްގޮތް ނުވާ ވިޔަފާރީގެ ހުރަހެކެވެ. ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނާއި އެހެންވެސް އެމީހުންގެ ސަރުކާރުތަކަށް ލޮބީކޮށްގެން ޑަބްލިއު.ޓީ.އޯގެ ފޯރަމްތަކުގައި މި މައްސަލަ އުފުލުން ގާތެވެ. ރާއްޖެއިން ނިސްބަތުން ބޮޑު ވާޖިބުތަކެއް ލާޒިމު ކުރަމުންދާނަމަ، ބޭރުގެ އޮޕަރޭޓަރުންނަށް އެމީހުންގެ ރަށު ސަރުކާރުތަކާއި ފައިނޭންޝަލް ރެގިއުލޭޓަރުން ލޮބީކޮށް، ރާއްޖެއަށް ސްވިފްޓް ނިޒާމަށް ވަނުން ހަނިކުރުމަށް ނުވަތަ ސަސްޕެންޑް ކުރެވިދާނެ އެވެ. މި ފިޔަވަޅު ބަލައިގަނެދާނެ ސަބަބަކީ ވިޔަފާރީގެ ގޮތުން ނާއިންސާފު އަމަލަކަށް ވެފައި، އަދި ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާ ޤައުމު ތަކާއި ރާއްޖެއާއި އެކު، އެއްބަޔަކު އަނެއްބަޔަކަށް އިދާރީ އެހީތެރިކަމުގެ މުއާހަދާތަކެއް ނެތުމުން ކަމަށެްވެ .ވިފްޓް ނިޒާމް ރާއްޖެއަށް ބޭނުން ނުކުރެވެނީ ނަމަ ދިވެހި ރާއްޖޭގެ އިޤްތިސޯދު މުޅިން އެކައް ބަގުރޫޓް ވާނެއެވެ.

ގާނޫނީ އަދި މާލީ ޙުއްޖަތްތަކުގެ އިތުރުން ބޭރުގެ އޮޕަރޭޓަރުން ވެސް މި ގަވާއިދުގެ ފަހަތުގައިވާ ފިކުރީ މޮޓިވޭޝަންތަކަށް އަލިއަޅުވާލައެވެ. މިހާރުގެ ރާއްޖޭގެ ސަރުކާރުން ވަނީ މެއިންސްޓްރީމް ޓޫރިޒަމް އަކީ ހަރާމް ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފަ ކަމަށާއި، ފާއިތުވި އަހަރުތަކުގައި އޮފިޝަލުން ވަނީ "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދައްކައި، މި އެޖެންޑާ ދައްކުވައިދޭ ސިޔާސަތުތައް ތައާރަފްކޮށްފަކަމަށެވެ.

އެހެންކަމުން ބޭރުގެ ޓުވާރ އޮޕަރޭޓަރުން ކޮންމެހެން ރަޖިސްޓްރީ ކުރަން ޖެހޭ ޝަރުތު މާނަކުރެވޭނީ ހަމައެކަނި ބޭރު ފައިސާ ހޯދުމުގެ ނިޒާމެއްގެ ގޮތުގައި ނޫން ކަމަށެިވެ .މިހާރު އޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ބުރޫއަރުވައި، ފިކުރީ ރޮނގުތަކުން ފަތުރު ވެރިކަމުގެ ސިނާއަތު އަލުން ބައްޓަން ކުރުމަށް ގަސްތުގައި ކުރާ މަސައްކަތެއްގެ ގޮތުގަ ކަމަށެ އެވެ. ޔޫރަޕްގެ ވެރިރަށްތަކުގައި ބޭރުގެ އޮޕަރޭޓަރުން ވަކާލާތުކުރުމުގައި ފާހަގަކުރަނީ މި ގަވާއިދަކީ ނިއުޓްރަލް މާލީ ފިޔަވަޅެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަމުގެ މޮޑެލްބަދަލުކޮށް، އަދި ބައިނަލްއަގްވާމީ އޮޕަރޭޓަރުންނާއި ކޮންސިއުމަރުންގެ މަސްލަހަތަށް ނުރައްކާވާ ފުޅާ ސިޔާސީ މަޝްރޫއެއްގެ ބައެއް ކަމަށެވެ.

ad