ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އެމްޑީޕން ބާއްވަން ނިންމާފައިވާ މުޒާހަރާ ކުރިއަށް ގެންދަން ބޭނުން ވަނީ މާލޭގެ އެންމެ ބޮޑު މަގު ކަމަށްވާ މަޖީދީ މަގުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރަން މިފަހަރު އެމްޑިޕީން ވިސްނާފައިވަނީ މަޖީދީ މަގުގައި ކަމަށެވެ. މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެމްޑީޕީން ވަނި ފުލުހުންނާއި ވެސް ބައްދަލުކޮށްފައެވެ.
އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ތައްޔާރުވެ އެއްވެ އުޅުން މަނާ ސަރަހައްދެއްގައި އެއްވުމަށް ތައްޔާރުވަމުންދާއިރު، ދައުލަތުގެ ހުއްދައެއް ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި، މުޒާހަރާކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަން ކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ލިބިފައިވަނީ ހަތަރު ސަރަހައްދެއްގައެވެ. އެއީ ކާނިވާ ސަރަހައްދާއި އުސްފަސްގަނޑާއި ރަސްފަންނާއި އިންޑަސްޓްރިއަލް ޒޯން ހުންން ސަރަހައްދެވެ.
އެމްޑީޕން ބުނީ މަޖީދީ މަގުގައި މުޒާހަރާ ބާއްވަން ބޭނުންވަނީ ގިނަ ބަޔަކަށް މުޒާހަރާގެ އަޑު އިއްވަން ކަމަށާއި، އެއީ ގިނަ ގެތައް ހުންނަނީ މަޖީދީ މަގު ސަރަހައްދުގައި ކަމަށްވާތީ ކަމަށެވެ.
މި މުޒާހަރާ ކުރިން 12 ވަނަ ދުވަހު ބާއްވަން ނިންމިޔަސް މިހާރުވަނީ 13 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.

.jpg&w=256&q=75)
