logo

ދެ ކިލޯ ޑްރަގް އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިންނަށް ދައުވާކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެ މީހަކަށް ދައުވާކުރުމަށް ނިންމައިފިއެވެ.

މިދިޔަ އޭޕްރިލް މަހު ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ، އުމުރުން 33 އަހަރުގެ އިމްރާން ޕާޝާ އާއި އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިޔާއެވެ.ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީއެދެމީހުންގެ މައްޗަށް ކުރަނީ

ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ދައުވާ ކަމަށާއި، މަސްތުވާ އެއްޗަށް ރާއްޖެއަަށް އެތެރެކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެދެމީހުން ކޯޓަށް ހާޒިރުކުރުން ވަނީ 45 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ad