logo

ބޮޑުތަކުރުފާނު މަގުގެ ޕާކިން އޭރިއާއިން ފީއެއް ނެގުމުގެ ވިސްނުން އެބައޮތް: މިނިސްޓަރު ސައީދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި، ބޮޑުތަކުރުފާނު މަގު މޯލްޑިވްސް (ބީއެމްއެލް) ގެ މައި އޮފީސް ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ޕާކުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މަޖީދީމަގުގައި ހުންނަ ހީނާމާގޭ ބިމާއި، ސޯސަންމަގުގައި ހުންނަ އެމްއެންޔޫ ބިޒްނަސް ސްކޫލާ އިންވެގެން އޮންނަ ބިމުގައި ތަރައްގީކުރާ ޕާކިން އިމާރާތްތަކުންވެސް ޕާކިން ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އޮފީސް ގަޑިތައް ފިޔަވައި އެހެނިހެން ވަގުތުތަކުގައި، ބޭރުގެ ގައުމުތަކުގައިވެސް އޮންނަ ފަދަ ''ޓަޗް އެންޑް ގޯ'' ނިޒާމުތަކުގެ އެހީގައި ކުޑަ ފީއަކާއެކު ޕާކުކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ad