logo

ޑޮލަރުގެ ކަންކަން ހަމަޔަކަށް އެޅުވުމަށް ސަރުކާރު ފެއިލްވެފައިވާތީ ރައްޔިތުން ނުހަނު ކަންބޮޑުވޭ: ފައިސަލް ނަސީމް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ދުވަހެއް ކުރިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ރަނިންމޭޓް މޭޔަރ އާދަމް އާޒިމް މާލެ ހެންވޭރުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށް ހާލު ބަލާލުމަށް އެ އަވަށުގެ ގޭގެއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

"ގެއިން ގެއަށް" ނަމުގައި ފައިސަލާއި އާޒިމް ކުރިއަށް ގެންދަވާ މި ކެމްޕެއިންގެ މިއަދުގެ ހަރަކާތަށްފަހު ނޫސްވެރިންނާ ވަހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ބޭސް ފަރުވާއަށް އަދި އެހެނިހެން ބޭނުންތަކަށް އާންމުންނަށް ޑޮލަރު ލިބުމުގެ ދަތިކަން ހުރިކަން ރައްޔިތުންގެ ވާހަކަތަކުން ވަރަށް ބޮޑަށް ފާހަގަކުރެއްވުނު ކަމަށެވެ. އަދި ޑޮލަރުގެ ކަންކަން ހަމަޔަކަށް އެޅުވުމަށް ސަރުކާރު ފެއިލްވެފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

undefined މީގެ އިތުރުން، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެެ މަޝްރޫޢުއަކީ ރައްޔިތުންގެ ވެސް ހިއްސާއެއް އޮތް ތަނަކަށް ވާއިރު، މަޝްރޫއުގެ އެއްބަސްވުގައި ވާ ކަންކަމާމެދު ދެފުށްފެންނަ އުސޫލަކުން ސަރުކާރުން އަމަލުކުރަމުން ނުދާތީ ރައްޔިތުން އެކަން ފާހަގަކުރެއްވި ކަމަށާއި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދާރީވެ ރަސްމާލެ އެގްރީމެންޓުގައި އޮތް އެއްޗެއް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

undefined

ad