logo

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ފަރުމަސް އާލާ ކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި އެ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ދެވަނަ ކޯސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ކޯހުގައި އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދޭނެއެވެ.

މި ކޯސް ކުރިއަށްދާނީ އޮގަސްޓު 8އިން އޮގަސްޓު 20ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައިކަމަށެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ.

ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެމްއެމްއާރްއައި އަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ ފޯމު އީމެއިލް އަށް ކަމަށެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުތަކާއި، މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތައް ހަމަޖައްސައިދޭނީ އެ އިންސްޓިޓިއުޓުންނެވެ.

ad