އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފިލިޕީންސްގެ ވެރިރަށް މެނީލާއަށް ވަޑައިގެންފިއެވެ.
މެނީލާ އެއާޕޯޓުން ވަނީ ޓްރަމްޕަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އާސިއާން ސަމިޓުގެ ތެރެއިން ޓްރަމްޕް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އެމެރިކާގެ އަސްކަރީ އަދި އިޤުތިޞާދީ ބައިވެރިން ކަމަށްވާ ކުއަޑް ގްރޫޕުގެ ލީޑަރުންނާއެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، ޖަޕާނުގެ ލީޑަރު ސަނޭ ޓަކައިޗީގެ އިތުރުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގައި މޯދީއަކީ ވަރަށް ވަރުގަދަ ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއިރު، ޖަޕާނުގެ ލީޑަރަކީ އެއަށްވުރެ ވެސް ވަރުގަދަ ބޭފުޅަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ މި ހަތަރު ގައުމަކީ މިނިވަން، ހުޅުވާލެވިފައިވާ އަދި އަމާން އިންޑޯ-ޕެސިފިކް ސަރަހައްދެއްގެ ހަތަރު ކަނުގެ ގޮތުގައި ދެމިއޮންނާނެ ގައުމުތައް ކަމަށެވެ. އަދި މި ގައުމުތަކާއެކު އޮންނަ ގުޅުން ވަރަށް ބަދަހި ކަމަށާއި، ކޮންމެ ވަގުތަކުވެސް ގުޅޭނެ މަގު ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެނީލާގައި މަޑުކުރެއްވުމަށްފަހު، ޓްރަމްޕް ދެން ވަޑައިގަންނަވާނީ ޗައިނާގެ ޝެންޒެން އަށެވެ. އެތަނުގައި ބާއްވާ އޭޝިއާ ޕެސިފިކް ލީޑަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ރަޝިއާގެ ރައީސް ޕޫޓިންއާ އެކު ނިއުކްލިއާ ހަތިޔާރާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ. ރަޝިއާގެ ރައީސާ ވަކިން ބައްދަލުކުރައްވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެ ފުރުސަތު ލިބިއްޖެނަމަ އެކަން ކުރައްވާނެ ކަމަށެވެ.

