-
-
logo

ރޯދަމަހު ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ހުންނަ ގަޑިތައް ކަނޑައަޅައިފި

މުސްލިމާ ޙަސަން
5 މަސް ކުރިން
ރޯދަމަހު ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ހުންނަ ގަޑިތައް ކަނޑައަޅައިފި

ބިދޭސީއަކު ފިހާރައެއްގެ ކައިރީ

ރޯދަމަހު ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 3:00 ޖަހަންދެން ކަމަށާއި، އަދި ފިހާރަތައް ހުޅުވޭނީ މެންދަމު 1:00 ޖަހަންދެން ކަމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މުދާ ވިއްކާ ފިހާރަތަކާއި ކެފޭ ތައް ރަމަޟާން މަހު ހުޅުވާފަ ހުންނަ ގަޑިތައް ކަނޑައޅާފައެވެ. އެގޮތުން ހުޅުވާފަ ހުންނަ ގަޑިތަކަކީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. އަދި ހަ ރޯދައިގައި ފިހާރަތައް ހުޅުވާފަ ހުންނާނީ ވެސް ރޯދަ މަހަށް ގަޑި ކަނޑައެޅި ގޮތަށް ކަމަށާއި، 5:30 ފެށިގެން މެންދަމު 1:00 އާ ހަމައަށްކަމަށް ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ އޮންނަ ތަންތަނުންވެސް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އަމަލުކުރަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީން އަންގާ އިއުލާން ކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ad