މިދިޔަ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެޗްޕީއޭއިން ކޮންމެ މަހަކު އާންމު ކުރާ އެ އެޖެންސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 342 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އެއީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 82 ވޭދަނަ އިތުރު އަދަދެކެވެ. ސެޕްޓެމްބަރު މަހު މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 260 މީހުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މާޗް މަހާ އަޅާބަލާއިރު، އޭޕްރީލް މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށް ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 26،604 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 25،936 މީހުން ވަނީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، އޮކްޓޫބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރު މަހުު ބޭރަށް ހިންގުމުގެ 4،123 ވޭދަނަ ރިޕޯޓް ކޮށްފައިވެއެވެ. އެއީ ސެޕްޓެމްބަރު މަހާއި އަޅާބާލާއިރު 156 އިތުރުވުމެކެވެ. ސެޕްޓެމްބަރު މަހު ބޭރުން ހިންގުން ޖެހިގެން 3،967 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު ވަނީ މަދުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު އިންފްލުއެންޒާއަށް ފައްސިވި އަދަދު ވަނީ 74 އަށް އަރައިފައެވެ އަދި އޮކްޓޫބަރު މަހު އިންޕްލުއެންޒާއަށް ޕްޒިޓިވް އަދަދު ވަނީ 59 އަށް އަރާފައެވެ. މިއަހަރު އިންފްލުއެންޒާއަށް ޕްޒިޓިވް ޖުމްލަ އަދަދު ވަނީ 997 އަށް އަރާފައެވެ.
