logo

ވިލުންތެރި ރާއްޖެ 2024: ކްރިއޭޓިވް އާރޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އާޝިޔާ ޞާލިޙް
އާޝިޔާ ޞާލިޙް
2 ދުވަސް ކުރިން

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމުގައި ކުޑަކުދިންގެ ޝާމިލްވުން ހިމެނުމަށް ކްރިއޭޓިވް އަރޓް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 29 އަށް ހުޅުވާލާފައި ކަމަށް ނެކްސިޔާ މޯލްޑިވްސް އިން ބުނެފި އެވެ. ނެކްސިއާ އިން ބުުނީ، ޤައުމީ ތަރައްޤީގެ ޕްލޭނަށް ކުޑަކުދިންގެ ޚިޔާލު ހޯދުމަށް، އެ ކުދިން ބޭނުންވާ ޚިޔާލު އަރޓް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ފުރުސަތުގައި ހަމައެކަނި ޕެއިންޓްގެ ގޮތުގައި ނޫނަސް ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާގޮތް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ވިލުންތެރި ރާއްޖެ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، ނެކްސިޔާ މޯލްޑިވްސް އިން ވަނީ، ކުރިމަގު ސައްލާގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ބާއްވާ ނިންމާލާފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި "ކުރިމަގު ސައްލާ" ބައްދަލުވުންތައް ނިންމާލާފައި ވަނީ، ރޭގެ ނިޔަލަށެވެ. ކުރިމަގު ސައްލާގެ އެންމެފަހުގެ ބައްދަލުވުންތައް މިމަހުގެ 16ގެ ނިޔަލަށް ވަނީ ނިންމާލާފަ އެވެ. އެގޮތުން ރާއްޖޭގެ 189 ރަށުގައި ބައްދަލުވުންތައް ކުރިއަށްގެންގޮސް، 9048 މީހުންގެ ބައިވެރިވުން އެކިގޮތްގޮތުން ހޯދުނު ކަމަށް ނެކްސިއާ މޯލްޑިވްސް އިން ބުނެއެވެ. ނެކްސިއާ މޯލްޑިވްސް އިން ބުނީ، "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގެ ވަށްމޭޒު ސައްލާތައްވެސް މިހާރު ބާއްވާއި ނިންމާލެވިފައިވާ ކަމަށެވެ. އެހެންކަމުން ދެން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ޤައުމީ މަހާސިންތާ ކަމަށާއި، އަންނަ މަހު މަހާސިންތާ ބޭއްވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ނެކްސިއާ އިން ވަނީ ބުނެފައެވެ.

ad