logo

އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ދުވަސް ކުރިން

އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކޮށްފިއެވެ.

މިއަދު މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ.

މިއީ މިހާރު ހިނގަމުން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާ އަޅާ ބަލާއިރު ކުޑަ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރުއަނބުރާ ދައްކަންޖެހޭ ދަރަނި ނުހިމަނައި ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ހިމަނާފަައިވާއިރު، މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފަވެއެވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ބައެއް އިދާރާތަކުގެ ބަޖެޓް ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުނު ނަމަވެސް އެ ބަދަލު ގެނެވެން ނެތް ކަމަށް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށެވެ.

މުގައްރިރް ވިދާޅުވީ އެހެން އިދާރާތަކުގެ މައްސަލަތައް ފިނޭންސް މިނިސްޓްރީން އަންނަ އަހަރު ބަޖެޓަށް، އެ ބޭފުޅުންނަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ޚާއްސަ ބަޖެޓުގެ ތެރެއިން ދޫކުރައްވާނެ ކަމަށެވެ. އަދި އެ ބޭފުޅުން ލިޔުއްވީމަ، އެގޮތަށް ފިނޭންސް މިނިސްޓްރީން އޮތީ ޖަވާބުދީފަ ކަމަށެވެ.

މި ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ ވަނީ މަޝްވަރާތައް ކޮށްފަ ކަމަށްވެސް ވިދާލުވިއެވެ.

އެއްވެސް މުވައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ އަހަރު ތެރޭގެ މުޅި ބަޖެޓްގައި ޖާގަ ހޯއްދަވައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ލިޔުމުން ދެއްވާފައިވާ ކަމަށްވެސް މުގައްރިރް ވިދާޅުވިއެވެ.

ad