logo

އިސްރާއީލުން ލުބްނާނަށް ކުރަމުންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ލުބްނާނުގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން، ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ސަރަޙައްދީ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ.

އަދި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާ ކަމަށެވެ..
އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ލުބްނާންގެ ސިޔާދަތާއި، ސަލާމަތާއި، ސަރަޙައްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަންފުޅުގައި، ލުބްނާންގެ ސަރުކާރަށާއި ރައްޔިތުންނަށް ތާޢީދު ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ad